.
Site menu
Tag Board
200
Our poll
Rate Our Site hinnavaru.tk
Total of answers: 33
Main » 2008 » October » 25 » ލޮބުވެތި ޒަޢީމަށް. ވެދުން ސަލާމަށްފަހު ދަންނަވަމެވެ
ލޮބުވެތި ޒަޢީމަށް. ވެދުން ސަލާމަށްފަހު ދަންނަވަމެވެ
11:06 PM
މަނިކުފާނޫއެވެ...! މަނިކުފާނަކީ އަޅުގަނޑު ނުހަނު އިހުތިރާމްކުރާ ވެރިއެކެވެ. އެހެނަސް މިއަދު ތިޔަ ކުރައްވާކަންތަކުން މަނިކުފާނަށް
 ކުޑާމިސްބަސް ބުނަން އަޅުގަނޑަށް މަޖުބޫރު ވެއްޖެއެވެ   

މަނިކުފާނުގެ ކެމްޕެއިންގައި ތިޔަ ވިދާޅުވާ ބަސްތަކުން ހެއްލެނީ ހޭލުންތެރިކަންކުޑަ ވަރައް މަދުބައެކެވެ. ދީނޭކިޔައިގެން މީހުންގެ ހިތްތަކައް ވެރިގަންނަން މަސައްކަތް ނުކުރާށެވެ...! މަނިކުފާނައް ތިޔަވިދާޅުވެވޭ އެއްޗެއް އަމިއްލަފުޅައް އެބައެނގޭއެއްޔެވެ..؟

ޤައުމުގައި މަސާޖުޕާލާތައްހުޅުވަން ހުއްދަދެއްވާ އެތަންތާ ފާހިޝްއަމަލު ހިނގާކަން އާންމުވީއިރުވެސް ސަރުކާރުއޮތީނިދާފައެވެ. އެކަން ހުއްޓުވީ މަނިކުފާނު ތިޔަ ނުހަނު ވައްކަޅިން ބައްލަވާ ރުޅިފުޅުދުރުވާ އިދިކޮޅުޕާރޓީ ތަކުންނެވެ.

ސަރުކާރުގެ އިސްވަޒީފާތަކުގައި މިހާރުވެސް ފިރިހެންކުޅިފުޅު ކުޅުއްވާ އަދި ކުރިސްޓިއަންދީނައް ލޯބިކުރާފަރާތްތައް އެބަތިއްބެވެ. މިހެންބުނީމާ ވިދާޅުވާނީ ސަރުކާރާއްތިކަން އެންގިފައެއްނެތޭތޯއެވެ..؟ ރަސްމީކޮއް ތިކަން މީހަކު ރިޕޯރޓްކޮއްފައެއް ނެތޭތޯއޭހެއްޔެވެ...؟ ލޮބުވެތި ޒައީމޫއެވެ...! ބަލަ މިކަހަލަކަންތައް ބެލުމަކީ ސަރުކާރުގެ ވާޖިބެކެވެ. މީހަކުއައިސް ބުނަންދެން ނުހުންނަވާ، ސަރުކާރުން މިކަން އަމިއްލަފުޅައް ބައްލަވަން ޖެހޭނެއެވެ.

މިއަދު ސްކޫލްނިންމާކުދިން ހަތީމް އިން ކިޔަވާލަން ނޭންގެއެވެ. މަގުމަތީގައި ޒުވާން އަންހެންކުދިން އެކުދިން އެންމެ ތުއްތުއިރު ލީހެދުންލައިގެން ތަނެއްނިވާނުވިޔަސް ބޮޑުވީމަވެސް އެލައިގެން ޖެހުނުހާތަނެއްގައި ޒީނޭކުރަމުންދާކަން ހަމަނޭންގޭބާއެވެ. މަސްތުވާތަކެތި ފަދަ ޙަރާމްތަކެތި އާއްމުވެއްޖެއެވެ. ވައްކަމާ ފޭރުން ކިޔާނެކަމެއްނެތެވެ. މަނިކުފާނުގެ ގޭކޮޅުވަށައިގެން ފާރަވެރިން ލައްވާ ކާރުކޮޅުގައި ދަތުރުކުރެއްވީމާ މިކަން ނޭންގެނީތޯއްޗެކެވެ. އެކަމް ކަންއޮތީމިހެނެވެ. މަނިކުފާނު ތިޔަވިދާޅލުވާ އިސްލާމްދީނަކީ މީހެއްޔެވެ..؟

ދެންއޮތީ މަނިކުފާނުގެ ވައުދުތައް "އިރާދަކުރެއްވިޔާ" ފުއްދާދޭވާހަކައެވެ. ތިޔަވިދާޅުވާކަންތައްތީ އިރާދަކުރެއްވިޔަސް ނުކުރެއްވިޔަސް ނުވާނެކަންތަކެވެ. ތިގޮތައްވިދާޅުވާތާ ތިރީސް އަހަރުވީއެވެ. މަނިކުފާނުއަޅުގަޑުމެންދަންނަމެވެ. އަޅުގަނޑުވެސް "އިރާދަކުރެއްވިޔ"ާ މަނިކުފާނައް އަންނައަހަރު މައްޗައްއަރަން ހަރުގަނޑެއްދޭނަމެވެ.

ސަރުކާރުގެޒިންމާފުރިހަމަގޮތުގައި އަދާކުރާ، ސަރުކާރުގެ ކަންތައްތައް ޓްރާންސްޕޭރެެންޓް ގޮތެއްގައި އާންމުންނައް އަންގަދީ ކަންކަން އިސްލާޙްކުރަން މަސައްކަތްކުރާފަރާތްތައް ވަޒީފާއިންވަކިކޮއް އެމީހުން ބޭކާރުކޮއްލުމަކީ މިއްދުމަނިކުފާނު ކުރައްވާކަންތަކެވެ. މަނިކުފާނު ބޭނުންފުޅުވާގޮތަށް ބޭންނުންފުޅުވާފަރާތްތަކަށް ފައިދާވާގޮތައް ކަންނުކުރާމީހުންނަކީ ސަރުކާރުގެ ވަޒީފާފުރިހަމައަށް އަދާނުކުރާފަރާތްތައް ހެއްޔެވެ...؟ ސަރުކާރުވާންވާނީ މުޅިމުޖުތަމަޢުއަށް އެއްވަރަކައް އަޅާލާ އެންމެންގެ ބޭނުންތައް ފުއްދަދޭބަޔަކަށެވެ.

ތިގޮތަތް އުސްމިނައް ނުގެންދަވާށެވެ. މިހާރު އޮތްހާލުގައިވެސް އަޅުގަނޑުމެންނަށް ކެއްވަނީކިރިޔާއެވެ. ދެންއަދި މިއައްވުރެ އުސްމިނައްގޮއްސިޔާ ދެން އުޅުމައްދަތިވާނެއެވެ. ޤައުމުގައި ކެއްވާނީ މަނިކުފާނުފަދަ ހަށިފާރަވެރިންގިނަ މަނިކުފާނު ހިތްރުހޭބަޔަކައް އެކަނިއެވެ. ތިގޮތަށް އުސްމިނަށް ނުގެންދަވާށެވެ. ހެޔޮނުވާނެއެވެ. ފައިބާށެވެ...! ނޫނީ މަނިކުފާނު ނެތްދުނިޔެ އެއްގައި ދިވެހިރާއްޖޭގެ މައުމޫނުކަމައް ދެންއިސްވާ ވެރިޔަކައްވެސް ގައުމު އިސްލާހުކޮއް ހަމަބިމައް ކަންތައްތައް ތިރިކުރަން ވަރައް އުނދަގޫވާނެއެވެ.

ވީމަ އަޅުގަނޑުގެ ފަހު ނަސޭހަތެއްގެގޮތުން ދަންނަވާހިތްއޮތީ، ލޮބުވެތި ޒައީމޫއެވެ...! މަނިކުފާނު ނޭރޭހިސާބު އުސްމިނަށް އަރުއްވަން ނޫޅުއްވާށެވެ. ތިމާމިހާރު ތިހުހުންނަވަނީ މުސްކުޅިފުޅުވެފައެވެ. އަރިހުގައި މަނިކުފާނު މައްޗައް އުފުއްލަވަންވެސް ތިބީމުސްކުޅިފުޅުބޭފުޅުންނެވެ. އެބޭފުޅުންނަކަށްވެސް ތިކަމެއްނުވާނެއެވެ. ވީމާ، ތިމާއަށް ނޭރޭހިސާބު އުސްމިނަށް އަރުއްވަން އުޅުއްވަނިކޮއް އަމިއްލަފުޅަށް ވެއްޓިވަޑައިގެން މަނިކުފާނުގެ ތަންގަނޑަކަށާއި ޤައިމައް ބޮޑުގެއްލުމެއް ނުލިބެނިސް އަވަހަށް ފައިބާށެވެ. މަނިކުފާނަށްވުރެ މާ މައްޗައް މާހަލުވިކަމާއެކު އެރުއްވޭނެ ޒުވާން، ކަމައްޤާބިލު، ސިޔާސީ އަދި އިޤްތިޞާދު ރަނގަޅައް ދަންނަ ޒުވާނުން މިއަދު ޤައުމުގައި އެބަ ތިއްބެވި އެވެ. އެބޭފުޅުއް މައްޗަށް އަރާލެއް ވެސް އަވަސްވާނެއެވެ. ޒުވާނުންނައް ފުރުސަތު ދެއްވާފައި ފައބާވަޑައިގަންނަވާށެވެ.

އިޙްތިރާމް ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް އެންމެ ރަނގަޅެވެ.

25 އޮކްޓޯބަރ 2008

މަނިކުފާނަށްހެޔޮއެދޭ

(ސޮއި)

Views: 917 | Added by: simaax | Rating: 0.0/0 |
Total comments: 1
1 hinna  
0
ai jahaajahaa varubali nuvaa rudiei tha

Only registered users can add comments.
[ Registration | Login ]
Login form
News calendar
«  October 2008  »
Su Mo Tu We Th Fr Sa
   1234
567891011
12131415161718
19202122232425
262728293031
Search
Site friends
Statistics

Total online: 1
Guests: 1
Users: 0
Copyright MyCorp © 2025